Posts

Showing posts from November, 2017

ނިއުމާގެ "ސެލެބްރޭޓިން 20" އަލްބަމް ނެރެފި

Image
21 އޮކްޓޯބަރ 2017 ދިވެހި ފިލްމީތަރި ނިއުމާ މުހައްމަދު ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20 އަހަރު ފާހަގަ ކުރުމަށް "ސެލެބްރޭޓިން 20"ގެ ނަމުގައި ލަވަ އަލްބަމެއް ނެރެފިއެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި މި ލަވަ އަލްބަމް ނެރެދެއްވީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގެވެ. މި އަލްބަމްގެ މަސައްކަތް ނިއުމާ ފަށާފައިވަނީ މީގެ ފަސް އަހަރު ކުރިންނެވެ. މިރޭ އަލްބަމް ލޯންޗްކުރި އިރު އަލްބަމްގައި ހަތް ވީޑިއޯ ލަވަ ހިމެނޭނެއެވެ. ނިއުމާ ބުނީ މި އަލްބަމް ބެލުންތެރިންނަށް ދޫކުރާނީ ޕެން ޑްރައިވްއެއްގެ ގޮތުގައި ކަމަށެވެ. "މި އަލްބަމް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް އާންމުކޮށް އަލްބަމް ލިބޭނީ އަންގާރަ ދުވަހުން ފެށިގެން. އޭގެ ކުރިން ބޭނުންނަ ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުގެ ރަސްމީ ފޭސްބުކް ނޫނީ އިންސްޓަގްރާމް އެކައުންޓަށް މެސެޖެއް ކޮށްލުމުން އަލްބަމް ލިބޭނެ،" ނިއުމާ ބުނީ އަލްބަމް ވިއްކަން ފިހާރަތަކުގައިވެސް ނުހުންނާނެ ކަމަށާ، ނިއުމާގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް މެސެޖްކޮށްލުމުން އަލްބަމް ގަންނަން ލިބޭނެ ކަމަށެވެ. މި ލަވަތަކ...

ފާއިތުވި 23 އަހަރަކީ ފަސޭހަ ދުވަސްތަކެއް ނޫން: ނިއުމާ

Image
  21 އޮކްޓޯބަރ 2017 ނިއުމާގެ ހަޔާތުގެ މައްޗަށް ފޮތެއް ނެރެނީ އެ ފޮތް ނެރެނީ އަންނަ އަހަރުގެ އޮކްޓޯބަރުގައި  ނިވައިރޯޅި އަކީ ނިއުމާގެ ފަހު ފިލްމު ފިލްމީ ދާއިރާގައި ހޭދަ ކުރި 23 އަހަރަކީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި މިއަދު ހުރި ހިސާބަށް އާދެވުނީ ބޮޑެތި ގޮންޖެހުންތައް ގިރާކުރުމަށް ފަހު ކަމަށް ދިވެހި ފިލްމީތަރި ނިއުމާ މުހައްމަދު ބުނެފި އެވެ. ނިއުމާގެ "ސެލެބްރޭޓިން 20" އަލްބަލް ރިލީޒްކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ކުލަގަދަ ހަފްލާގައި ވާހަކަ ދައްކަމުން ނިއުމާ ބުނީ، ފިލްމީ ދާއިރާގައި 23 އަހަރު ހޭދަކުރި އިރު އެއީ ދަތި އުނދަގޫތަކާ އެކު ހޭދަކުރި އަހަރުތަކެއް ކަމަށެވެ. އެ ދުވަސްތަކުގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް އަމާޒުވި ކަމަށާއި ކުރިއަށް ދިއުމުގައި އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުންގެ ފަރާތުުން ލިބުނު ތަރުހީބު ކަމަށް ނިއުމާ ބުންޏެވެ. ނިއުމާ ބުނީ، ބެލުންތެރިންގެ ފަރާތުން ލިބުނު ބިނާ ކުރުވަނިވި ފާޑުކިޔުންތަކަކީ ވެސް ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ރޭގެ ހަފްލާގައި ނިއުމާ ވަނީ ފާއިތުވި އަހަރުތަކުގައި ނިއުމާއަށް ހިތްވަރުދީ...

ނިއުމާގެ ވަދާއީ ފިލްމް "ނިވައިރޯޅި" ގެ ޓީޒާ ދައްކާލައިފި

Image
22 ނޮވެމްބަރ 2017    މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ބޮޑު ސްކްރީނުން ފެންނަ އެންމެ ފަހު ފިލްމް "ނިވައިރޯޅި" ގެ ޓީޒާ ދައްކާލައިފި އެވެ. ޓީޒާގައި ފެންނަނީ އަނިޔާތަކެއްގެ ޝިކާރައަކަށްވެފައިވާ ނިއުމާ އަމިއްލަ އަށް އޭނާގެ ބޯ ބިއްލޫރިގަނޑެއްގައި އަޅާ ތަން އެކަންޏެވެ. "ނިވައިރޯޅި" އަކީ މިދިޔަ އަހަރު ބޭއްވި ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ ފިލްމެކެވެ. އެކަމަކު މި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ފިލްމް ރަސްމީކޮށް ލޯންޗް ކުރީ ނިއުމާ ފިލްމީ ދާއިރާގައި އުޅޭތާ 20 އަހަރު ފާހަގަ ކުރަން ތައްޔާރު ކުރި ލަވަ ކަލެކްޝަން "ސެލެބްރޭޓިން 20" ލޯންޗް ކުރަން ބޭއްވި ރަސްމިއްޔާތުގައި މިދިޔަ މަހުގެ 20 ގަ އެވެ. އެ ހަފުލާގައި ނިއުމާ ވަނީ "ނިވައިރޯޅި" އަށް ފަހު، ފިލްމް ކުޅުމުން އެއްކޮށް ހުއްޓާލިކަން ވެސް އިއުލާންކޮށްފަ އެވެ. "ނިވައިރޯޅި" ވެގެން ދާނީ 2011 ގައި މޫމިން ގެނެސް ދިން ކާމިޔާބު ފިލްމް "ލޫދިފާ" އަށް ފަހު އޭނާ ގެނެސްދޭ ފުރަތަމަ ފިލްމަށ...

ނިއުމާގެ ފަހު ފިލުމު ނިވައިރޯޅީގެ ޝޫޓިން ޖެނުއަރީގައި ފަށަނީ

Image
23 ނޮވެމްބަރ 2017   ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލުމު 'ނިވައިރޯޅި'ގެ ޝޫޓިން އަންނަ ޖެނުއަރީ މަހު ފަށަށް ހަމަޖައްސައިފި އެވެ. ވީނިއުސްއަށް މިއަދު މައުލޫމާތު ދެމުން ނިއުމާ ބުނީ ޝޫޓިންގެ ކުރިން ހަމަޖައްސަންޖެހޭ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި، ޖެނުއަރީ ފަހު ކޮޅު އަތޮޅުތެރޭގައި ފިލްމުގެ މަންޒަރުތައް ނަގަން ފަށާނެ ކަމަށެވެ. "މިއީ ކޮކްޓެއިލް ފިލުމެއް، އެހާވަރަށް އަދި ބުނެވޭނީ ކާސްޓުންނާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނާކަށް އަދި ނޭނގޭ. އާ މޫނެއްވެސް ފެނިދާނެ،" ނިއުމާ ބުންޏެވެ. މިފިލްމު ލިޔެ ޑައިރެކްޓް ކުރަނީ މިދިޔަ އަހަރުގެ ފިލްމު އެވޯޑްސްގައި ހޮވުނު އެންމެ މޮޅު ޑައިރެކްޓަރު މޫމިން ފުއާދެވެ. ނިވައިރޯޅިއަކީ ނިއުމާގެ ވަދާއީ ފިލުމު ކަމަށް އޭނާ އިއުލާނު ކޮށްފައިވަނީ ނިއުމާގެ ފިލްމީ ހަޔާތަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އޮކްޓޯބަރު މަހު "ސެލެބްރޭޓިން 20" ގެ ނަމުގައި ބޭއްވި ހަފްލާގަ އެވެ.   2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލުމުގެ ފުރަތަ...

ނިއުމާގެ "ސެލެބްރޭޓިން 20" މިހާރު ޔޫޓިއުބުން ބަލައިލެވޭނެ

Image
 23 ނޮވެމްބަރ 2017  މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ ފިލްމީ ކެރިއަރަށް 20 އަހަރު ފުރުން ފާހަގަކުރަން މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ނެރުނު ލަވަ ކަލެކްޝަން "ސެލެބްރޭޓިން 20" ޔޫޓިއުބަށް ލައިފި އެވެ.23 ނޮވެމްބަރ 2017 މި ކަލެކްޝަން ރިލީޒް ކުރި ރޭ ނިއުމާ ވަނީ އެ ލަވަތައް ގަންނަން ބޭނުންވާ މީހުންނަށް ޕެންޑްރައިވްގައި ފޯރުކޮށް ދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު މިހާރު މި ވަނީ ހިލޭ ދޫކޮށްލައިފަ އެވެ. ޖުމްލަ އަށް ލަވަ ހިމެނޭ "ސެލެބްރޭޓިން 20" ނެރުމުގެ ކުރިން ވެސް މީގެ ދެ ލަވައެއް ވަނީ މާ ކުރިން ޔޫޓިއުބަށް ދޫކޮށްލައިފަ އެވެ. އެއީ ނިއުމާ އަޑުން ކިޔާފައިވާ ދެ ލަވަ ކަަމަށްވާ "މޫނޭ ތިއީ ހިތް އެދޭ" އާއި "ބެރުވެރިޔާ" އެވެ.                ދެ ލައްކަ ރުފިޔާގެ ބަޖެޓަކުން އުފެއްދި ލަވަތަކުގެ ތެރެއިން ދެ ލަވައަކުން ތަފާތު ކަމެއް ވެސް ފެނެ އެވެ. އެއީ އޭގެ އެއް ލަވަ ސިންގަޅަ ބަހުން ކިޔާފައި އޮތުމެވެ. ނިއުމާ އާއި އަހުމަދު އަޒްމީލް (އަޒޭ) ފެނިގެންދާ "އޮބެގެ މަތަކެން" ލަވައަކީ ލަންކާގައި މިހާރު ދިރިއުޅޭ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދު...