ނިއުމާގެ ފަހު ފިލުމު ނިވައިރޯޅީގެ ޝޫޓިން ޖެނުއަރީގައި ފަށަނީ


23 ނޮވެމްބަރ 2017 
ފިލްމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލުމު 'ނިވައިރޯޅި'ގެ ޝޫޓިން އަންނަ ޖެނުއަރީ މަހު ފަށަށް ހަމަޖައްސައިފި އެވެ. ވީނިއުސްއަށް މިއަދު މައުލޫމާތު ދެމުން ނިއުމާ ބުނީ ޝޫޓިންގެ ކުރިން ހަމަޖައްސަންޖެހޭ ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށާއި، ޖެނުއަރީ ފަހު ކޮޅު އަތޮޅުތެރޭގައި ފިލްމުގެ މަންޒަރުތައް ނަގަން ފަށާނެ ކަމަށެވެ. "މިއީ ކޮކްޓެއިލް ފިލުމެއް، އެހާވަރަށް އަދި ބުނެވޭނީ ކާސްޓުންނާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނާކަށް އަދި ނޭނގޭ. އާ މޫނެއްވެސް ފެނިދާނެ،" ނިއުމާ ބުންޏެވެ. މިފިލްމު ލިޔެ ޑައިރެކްޓް ކުރަނީ މިދިޔަ އަހަރުގެ ފިލްމު އެވޯޑްސްގައި ހޮވުނު އެންމެ މޮޅު ޑައިރެކްޓަރު މޫމިން ފުއާދެވެ. ނިވައިރޯޅިއަކީ ނިއުމާގެ ވަދާއީ ފިލުމު ކަމަށް އޭނާ އިއުލާނު ކޮށްފައިވަނީ ނިއުމާގެ ފިލްމީ ހަޔާތަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އޮކްޓޯބަރު މަހު "ސެލެބްރޭޓިން 20" ގެ ނަމުގައި ބޭއްވި ހަފްލާގަ އެވެ.  
2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލުމުގެ ފުރަތަމަ ޓީޒާވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ނިވައިރޯޅީގެ ފުރަތަމަ ޓީޒާ ޔޫޓިއުބުގައި އާންމުކޮށްފައިވަނީ އޮކްޓޫބަރު 24 ގައެވެ. ނިއުމާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންނާ ޕްރޮޑިއުސަރުން އުފައްދާފައިވާ އެންމެ ކާމިޔާބު ފިލުމުތަކުގެ ލީޑް ރޯލް އަދާކޮށް ބެލުންތެރިންގެ ލޯބި ހޯދާފައިވާ ރާއްޖޭގެ އެންމެ މަގުބޫލު ބަތަލާ އެވެ. ނިއުމާގެ ފާހަގަކޮށްލެވޭ ފިލްމުތަކާއި ޑްރާމާތަކުގެ ތެރޭގައި 'ވައިރޯޅިއަށްވެސް ސިއްރުން'، 'ނިއުމާ'، 'ޔޫސުފް' އަދި ކަލާޔާނުލާ' ފަދަ ކާމިޔާބު ފިލުމުތަކާ ޑްރާމާތައް ހިމެނެ އެވެ. ނިވައިރޯޅި ފިލުމަކީ ނިއުމާ އެކްޓަރެއްގެ ގޮތުގައި ފެންނާނެ އެންމެ ފަހު ފިލުމު ކަމަށާއި، ދެން ފެންނާނީ ކެމެރާގެ ފުރަގަހުން ޕްރޮޑިއުސަރުންނާ ޑައިރެކްޓަރުންގެ ސަފުން ކަމަށް ނިއުމާ ބުނެ އެވެ.

އާރޓިކަލް؛ http://vnews.mv/91868

Comments

Popular posts from this blog

Niuma Mohamed ready to quit acting, announces tell-all biography

ނިއުމާގެ "ސެލެބްރޭޓިން 20" އޮކްޓޯބަރުގައި ރިލީޒް ކުރަނީ

ނިއުމާ ދެވަނަ ޑައިރެކްޝަނަކަށް ތައްޔާރު ވަނީ