Posts

Showing posts from April, 2018

ނިއުމާ ދެވަނަ ޑައިރެކްޝަނަކަށް ތައްޔާރު ވަނީ

Image
níumα mσhαmєd . ދިވެހި ފިލްމް "ނިއުމާ" ބެލި މީހުންނަށް މިއީ ވަރަށް އުފާވެރި ހަބަރަކަށް ވެދާނެ އެވެ. އެ ފިލްމުގެ ޓައިޓްލް ރޯލް ކުޅެ، ފިލްމް  .ޑައިރެކްޓް ކުރި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ދެވަނަ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ  ނިއުމާ ބުނީ ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. "ދެވަނަ ޑައިރެކްޝަނަކަށް މިހާރު މި ތައްޔާރު ވަނީ. އަނެއްކާ ވެސް ބެލުންތެރިންނަށް ކަމުދާ ކަހަލަ ފިލްމެއް ގެނެސް ދެވޭތޯ ބަލާނަން. ފިލްމްގެ ސްކްރީންޕްލޭ މިހާރު ވަނީ ނިމުމަ  ހަމައަށް އައިސްފައި،" ފަތިސް ހަނދުވަރާއި ޔޫސުފް އަދި ކަލާޔާ ނުލާ ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާ ބުންޏެވެ.    ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ކޮމެޑިއަން މުހައްމަދު އަބްދުﷲ (މުހައްމާ) ޕްރޮޑިއުސް ކުރި "ނިއުމާ" އަކީ 2010 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ  ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހެދި އެ ފިލްމުގެ ސްކްރީންޕްލޭ ލިއުނީ މަޝްހޫރު ވާހަކަ ލިއުންތެރިޔާ ބިންމާ އިބްރާހީމް ވަހީދެވެ. ނިއުމާ ...

ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ތަރިން އިއުލާންކޮށްފި

Image
11 އޭޕްރީލް 2018 މަޝްހޫރު ފިލްމީ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއި ފިލްމު "ނިވައިރޯޅި" ފިލްމުގައި ހިމެނޭ ތަރިން އިއުލާންކޮށްފި އެވެ.  ނިވައިރޯޅީގެ ތަރިން އިއުލާންކޮށްފައިވަނީ މިކަމަށްޓަކައި ރޭ ރާނބާ ރެސްޓޯރަންޓުގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. މޫމިން ފުއާދު ޑައިރެކްޓް ކުރާ ނިވައިރޯޅި އަކީ ކެމެރާ ކުރިމަތިން ނިއުމާ ފެންނާނެ އެންމެ ފަހު ފިލްމެވެ. އެހެންކަމުން މި ފިލްމަކީ ހުރިހާ ގޮތަކުންވެސް ހާއްސަ ފިލްމަކަށް ހެދުމަށް ނިއުމާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ އަހްމަދު ޒިޔާ، ފާތިމަތު ޒީނަތު (ޒީތު)، އައިމިނަތު ރިޝްފާ، އައިމިނަތު އިޝާލް ރަޝީދު، އަހްމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އަޒްމީން (އަޒޭ)، އަހްމަދު އާސިފް، މަރިޔަމް ޝަކީލާ، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު، މަރިޔަމް ހަލީމް، އައިމިނަތު ރަޝީދާ (އައިންތު)، ޔޫސުފް ޝަފީއު (ޔޫއްޕެ) އަދި ނިއުމާ މުހައްމަދެވެ.  މިދިޔަ މާޗް މަހު ޝޫޓިން ފަށާފައިވާ މި ފިލްމަކީ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ ވާނެ ފިލްމެއް ކަމަށް ނިއުމާ ބުނެ އެވެ.  ފިލްމުގެ މަންޒަރުތައް ނެގުމަށް...