ނިއުމާ ދެވަނަ ޑައިރެކްޝަނަކަށް ތައްޔާރު ވަނީ
níumα mσhαmєd
.
ދިވެހި ފިލްމް "ނިއުމާ" ބެލި މީހުންނަށް މިއީ ވަރަށް އުފާވެރި ހަބަރަކަށް ވެދާނެ އެވެ. އެ ފިލްމުގެ ޓައިޓްލް ރޯލް ކުޅެ، ފިލްމް
.ޑައިރެކްޓް ކުރި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ދެވަނަ ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ
ނިއުމާ ބުނީ ފިލްމުގެ ސްކްރީންޕްލޭ ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. "ދެވަނަ ޑައިރެކްޝަނަކަށް މިހާރު މި ތައްޔާރު ވަނީ. އަނެއްކާ ވެސް ބެލުންތެރިންނަށް ކަމުދާ ކަހަލަ ފިލްމެއް ގެނެސް ދެވޭތޯ ބަލާނަން. ފިލްމްގެ ސްކްރީންޕްލޭ މިހާރު ވަނީ ނިމުމަ
ހަމައަށް އައިސްފައި،" ފަތިސް ހަނދުވަރާއި ޔޫސުފް އަދި ކަލާޔާ ނުލާ ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ބަތަލާ ބުންޏެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ކޮމެޑިއަން މުހައްމަދު އަބްދުﷲ (މުހައްމާ) ޕްރޮޑިއުސް ކުރި "ނިއުމާ" އަކީ 2010 ގައި ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހެދި އެ ފިލްމުގެ ސްކްރީންޕްލޭ ލިއުނީ މަޝްހޫރު ވާހަކަ ލިއުންތެރިޔާ ބިންމާ އިބްރާހީމް ވަހީދެވެ. ނިއުމާ ޑައިރެކްޓް ކުރާ ދެވަނަ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އޭނާ އަދި ދޭކަށް ބޭނުމެއް ނޫނެވެ
އެހެންވެ އިންތިޒާރުކޮށްލަން ޖެހެނީ އަންނަ އޮކްޓޯބަރު މަހަށެވެ
ފިލްމުން ނިއުމާ ފެންނާނެތޯ އެއީ ވެސް ފޭނުން ބަލާލަން ބޭނުން ވާނެ ކަމެކެވެ. "ނިއުމާ" އަށް އޭނާ ބޯ ވެސް ބޭލި އެވެ. އަދި
."ނިއުމާ" ގެ ޑައިރެކްޝަން އޭނާ ހެދީ ރާއްޖޭގެ ރެކޯޑް އަގަކަށެވެ
އާޓިކަލް: https://mihaaru.com/entertainment/4630

Comments
Post a Comment